(ހ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
1. ރަށުގެ ނުވަތަ ސިޓީގެ ތަރައްޤީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތަކާ ބެހޭގޮތުން ކައުންސިލަށް ލަފާ ދިނުން.
2. ރަށުގެ ނުވަތަ ސިޓީގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
3. ރަށުގެ ނުވަތަ ސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
4. ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން.
5. މަތީ ތަޢުލީމު ޙާޞިލުކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރުން.
6. އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން.
7. އަންހެނުންނަށް ލިބޭ ވަޒީފާއާއި ވިޔަފާރީގެ ފުރުޞުތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުން.
8. އަންހެނުންނާބެހޭ މުހިންމު މަޢުލޫމާތު އެއްކުރުން.
(ށ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކޮންމެ އަހަރަކުމެ ޙާޞިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް ކޮންމެ އަހަރެއްގެ ފުރަތަމަ މަހު އެކަށައަޅައި ޢާންމުކުރަންވާނެވެ. އަދި ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލްކުރެވުނު މިންވަރާ ގުޅޭ ރިޕޯޓު އެކުލަވާލައި ކައުންސިލަށް ހުށަހެޅުމާއެކު ރައްޔިތުންނަށް ފެންނާނެހެން ޢާންމުކުރަންވާނެއެވެ.